ނިންމުންތައް
01 – އެކި ފަރާތްތަކަށް ކުއްޔައް ދޫކުރެވިފައިހުރި ރައްޔިތުންގެ ބިންތަކުން ނަފާ ހޯދުމަށްޓަކައި އެކުލަވާލާފައިވާ މަގު ޗާޓު ފާސްކުރުން
މައްސަލަ ބަލަން ފެށިކަން ދެންނެވުމެއްގެ ސިފައިގައި ނެރުމަށާއި އަދި މި ދެންނެވުން ހެދުމަށް ކައުންސިލްގެ މެންބަރު ޢަލީ ޙަސަނާއި ޙަވާލުކުރެއްވި
02 – ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް ޙާއްސަ ޔުނިޓެއް ހެލްތު ސެންޓަރާއެކުގައި ޤާއިމުކުރުމަށް ކައުންސިލްގައި މަޝްވަރާކުރުން
ކުޑަފަރީ ސިއްހީ މަރުކަޒުގައި ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމް ކުރުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުން ކައުންސިލްގެ ނައިބް ރައީސާ ހުމާމް ޢަބްދުއްރަޙީމް ރައްޔިތުންނާއި ހިއްސާ ކޮށްދެއްވި
03 – ސްކޫލް ސަރަހައްދުގައި ސްޓޯމް ވޯޓަރ މެނޭޖުކުރުމާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަ
ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ މި ސްކީމް ހިންގުމަށާއި މިކަމަށް ކަނޑައަޅަންޖެހޭ އުސޫލުތައް ރަޢީސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.
04 – އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މިރަށު ރައްޔިތުން ސަރުތުހަމަވާ ޕްރޮގްރާމްތައް ދެނިގަނެ އެހީ ހޯދައި ދިނުމަށް މަސައްކަތް ކުރުން
އެންސްޕާގެ ފަރާތުން އެހީ ލިބޭ ދާއިރާތައް ބަލައި މިކަމުގައި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ބަލާ އެހީ ހޯދުމަށްޓަކައި ކައުންސިލްގެ ނައިބު ހުމާމް އަދި ކައުންސިލް މެންބަރ ދިމްޝާ އިސްވެ މަސައްކަތްތައް ރާވާ ހިންގުމަށް ކައުންސިލް މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
05 – ކައުންސިލްގެ ވިޔަފާރި ކުންފުނި (ލޯކަލް އޮތޯރިޓީ ކުންފުނި) ރަޖިސްޓްރީ ކުރުމުގެ މައްސަލަ
ކައުންސިލްގެ ނަމުގައި “ނ.ކުޑަފަރީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް” މި ނަމުގައި ކައުންސިލް ހިއްސާވާ ކުންފުންނެއް ހެދުމަށް ކައުންސިލްގެ އިއްތިފާގުން ނިންމުން.
06 – ކައުންސިލްގެ ފުރަތަމަ ޢާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން
ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގެ ޔައުމިއްޔާ ހުށައެޅިފައިވާގޮތައް ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރެވުނ