ނިންމުންތައް

1– މުޙައްމަދު އަބްދުﷲ މުރިގު އަށް ދޫކޮށްފައިވާ އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމުގެ ބިމުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކުރުމަށް ފޮނުވާފައިވާ ސިޓީ އާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ މުއްދަތު އިތުރު 1 އަހަރު ދުވަހުގެ މުއްދަތައް އިތުރުކުރުމަށެވެ.  

2– ކުޑަފަރީ ކައުންސިލްގެ ބަނދަރު ބެލެހެއްޓުމުގެ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރ 221-LMI/288/2022/10 ސިޓީއާއެކު ފޮނުވާފައިވާ ގަވާއިދާއި މެދުގައި ގޮތެއް ނިންމުން

ކައުންސިލްގެ ޖަލްސާގައި ބައިވެރި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ ހަވާލާދީފައިވާ ސިޓީ އާއެކު ފޮނުވާފައިވާ ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދު ފާސްކުރުމަށެވެ.  

3– އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު އަދި ޤަވާއިދުގެ ދަށުން ރައްކާތެރިކަން ލިބޭ ފަރާތްތައްކަށް އަދި މިނޫންވެސް ފަރާތްތަކަށް އެންސްޕާގެ ފަރާތުން ލިބެންޖެހޭ ޚިދުމަތްތައް ދިނުމުގައި ހުރި ކަންބޮޑުވުންތައް ކަމާއި ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް އެންގުމުގެ ގޮތުން ކައުންސިލުން ފާސްކުރާ ގަރާރާއި މެދުގައި ގޮތެއް ނިންމުން

ކައުންސިލްގެ ޖަލްސާގައި ބައިވެރި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ ހުރި ކަންބޮޑުވުންތައް ކަމާއި ގުޅޭ ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރުމަށް އަދި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަމަށް ހޯދެންހުރި ހައްލުތައް ހޯދުމަށް މަސައްކަތްތައް ފެށުމަށް ނިންމުމަށެވެ. އަދި ކޮންމެ މަހެއްގެ 1 ފަހަރު ކައުންސިލަށް މަހުގެ ރިޕޯޓެއް ހުށައެޅުމަށް އަދި ރިޕޯޓުގެ ހުރި ކަންބޮޑުވުންތައް ރަށުގައި އެކަމާއި ގުޅޭ މުވައްސަސާތަކާއި ހިއްސާކުރުމަށްފަހުގައި ހައްލުކުރުމަށް މަސައްކަތް ކުރުމަށް ފާސްކުރުމަށެވެ.