އިއުލާނު ނަންބަރު: 288/2024/105(I)

ގޭބިސީތަކުގައި އުފެދޭ ކުނިވާޒާތުގެ ކުންޏަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައުންސިލާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ކޮމްޕޯސްޓިންގެ ޓްރައިއަލް މަސައްކަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތުގެ ތެރެއިން ކުނިވާޒާތުގެ ކުނި ބޭނުންކޮށްގެން ކާދު ހެދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

ނ.ކުޑަފަރީ ގައި ކުނި މެނޭޖުކުރުމާބެހޭ ޤަވާއިދު (ނަންބަރ 288/CG/2021/001) ދަށުން ގޭބިސީތަކުން އުކާލުމަށްޓަކައި ނެރިފައި ހުންނަ ކުނިވާތާޒާތުގެ ކުނި (ބަދިގެ ޑަސްޓްބިން) ގައި މަދުންނަމެވެސް ޕްލާސްޓިކް ކޮތަޅާއި ނާށި އަދި ޓިޝޫ ފަދަ އާލާތްތައް ހުންނަކަން ފާހަގަ ކުރަމެވެ. ރައްކާތެރިގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތްތައްކަށް ދާއިމީ ހައްލެއް ހޯދުމަށް މިކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި އެންމެ ފަރާތްތަކުގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަމެވެ. އަދި ކުނި ނައްތާލުމުގެ ގަވާއިދުގެ މަތިން ކުނި ވަކިކުރުމުގެ މަސައްކަތްތަކަށް އިތުރު ސަމާލުކަމެއް ދެއްވުން އެދި އިލްތިމާސްކުރީމެވެ.

އަދި ހޯމް ކޮންޕޯސްޓިންގެ މަސައްކަތްތައް ގޭބިސީތަކުގައި ހިންގުމަށްޓަކައި ސޮނެވާ ނަމޫނާގެ ފަރާތުން މި މަސައްކަތައް ބޭނުންވާ އާލާތްތައް ފޯރުކޮށްދީ ކޮންޕޯސްޓް ތައްޔާރު ކުރުމުގެ އަމަލީ މަސައްކަތްތައް ގޭބިސީތަކާއި ހިސާބުން ފެށުމަށްޓަކައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ގޭބިސީތަކުން އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ލިންކް މެދުވެރިކޮށް 2024 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދި ދެންނެވީމެވެ.

02 ޖުމާދަލްއާޚިރާ 1446ހ.
03 ޑިސެމްބަރ 2024މ.

އަޙްމަދު މަޙްފޫޟް
ސެކްރެޓަރީ ޖެނެރަލް