ކައުންސިލްގެ ތަޢާރަފް

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ނ.ކުޑަފަރީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ހަމައެކަނި ނ.ކުޑަފަރީ ރައްޔިތުންގެ ޙިދުމަތްތައް ކުރިއެރުވުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށެވެ.

ތަސައްވުރު

" ފުދުންތެރި ޖަޒީރާ ދިރިއުޅުމެއް އުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެށް ބިނާކުރުން"

އަމާޒު

ކައުންސިލްގެ މިޝަންއަކީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރަށުގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތަކައި އެއްގޮތަށް "ޖަޒީރާ ރާއްޖެ" އެއް ބިނާކުރުމަށްޓަކައި ރަށަކީ ދީނީގޮތުންނާއި ތައުލީމީގޮތުން ބިނާކުރެނިވި މުޖުތަމައެއް ގާއިމުކުރެވިފައިވާ ފުދުންތެރި އާއިލާތަކެއް ދިރިއުޅެމުންދާ ސިއްޚީގޮތުން ދުޅަހެޔޮ ތިމާވެށްޓައް ލޯބިކުރާ ރައްޔަތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމެވެ. އަދި ކައުންސިލްގެ ޚިދުމަތްތައް އޮންލައިކުރުމަށްޓަކައި އީ-ކޮމާސްއަށް މުވައްޒަފުންނަށް ތަމްރީނުތައް ލިބޭނެ މަގު ފަހިކޮށް ދިނުމެވެ. އަދި ކިޔަވާކުދިންނާއި ޒުވާނުންނަށް ހުނަރުވެރިކަމާއެކު ވާދަވެރި ވެއްޓެއް ގާއިމްކޮށްދިނުމެވެ.​​

ކައުންސިލް މެންބަރުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ

މިހާނާ އިބްރާހީމް

ކޮމިޓީ ރައީސާ

ޒުލޭހާ މުހަންމަދު

ކޮމިޓީ ނައިބު ރައީސާ

މަރިޔަމް ހަމްދާ

ކޮމިޓީ މެންބަރު

ފާތިމަތު ޒަހުރާ

ކޮމިޓީ މެންބަރު